Last Updated: May 10, 20:45
Saturday, May 10, 2025
ދުނިޔެ

ޖަލުން ގައިދީންތަކެއް ނެރުނު އޮފިސަރަކު ހައްޔަރަށް

އާ އަހަރު ފާހަކުރަން ފުރުސަތު ދިނުމުގެ ގޮތުން ގައިންދީތަކެއް ޖަލުން ނެރުނު ޒެމްބިއާގެ ފުލުހަކު ހައްޔަރުކޮށްކޮށްފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޖަލު ގޮޅިތަކެއްގެ ތަޅުދަނޑިތަކެއް "ފޭރިގަނެގެން" ގިނަ އަދަދެއްގެ ގައިދީންތަކެއް ގޮޅިތަކުން ނެރެ، އެ މީހުންނަަށް އާ އަހަރު ފާހަގަކުރަން ފުރުސަތު ފަހިކޮށް ދިން މައްސަލައިގައި ހައްޔަރުކުރީ ޑިޓެކްްޓިވް އިންސްޕެކްޓަރެއްގެ މަގާމުގައި ހުރި ޓިޓަސް ފީރީ އެވެ.

އެ މައްސަލައިގައި އޭނަ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ފުލުހުން ބުނެފައި ވަނީ އުސޫލާ މުޅިން ހިލާފު އަމަލެއް އޮފިސަރު ކުރީ މަސްތުގެ ހާލަތުގައު ހުރެގެން ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަވެފައިވާ ކަމަށެވެ.

ގޮޅިތަކުން ދެ ޖިންސްގެ ގައިދީންތަކެއް ނެރުނު ހާދިސާއާ ގުޅިގެން އެ މީހުން އަތުލައިގަންނަން މިހާތަނަށް ކުރި މަސައްކަތުން 13 ގައިދީއަކު ވަނީ އަތުލައިގެންފަ އެވެ. އޭގެ ތެރެއިން ބައެއް ގައިދީންގެ މައްޗަށް މިހާރު ވަނީ ހަމަނުޖެހުން ހިންގުމާއި ވައްކަންކުރުމުގެ ތުހުމަތުތަކެއް ވެސް ކޮށްފަ އެވެ.

މިކަމާ ގުޅިގެން ޒެމްބިއާގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނި އެ މައްސަލަ ސީރިއަސް މައްސަލައެއްފެ ގޮތުގައި ބަލާނެ ކަމަށެވެ. އަދި ޒެމްބިއާ އަކީ ފުލުހުންނަކީ އަބަދު ވެސް ގާނޫނާއި ގަވަދައިދުތައް ދަމަހައްޓައި ނަގަހައްޓާނެ ބައެއް ކަމަށް ބުންޏެވެ.

"މަގާމު ނުފޫޒު ނާޖާއީޒު ގޮތުގައި ހިފާ އޮފިސަރުންނަށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ވެސް އަޅާނަން." ފުލުހުންގެ ބަޔާނުގައި ބުންޏެވެ.