Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ކައުންސިލަރަކު ކަރަންޓްގައި ޖެހިގެން ފަރުވާ ދެނީ

ކ ހިންމަފުށީ ކައުންސިލްގެ މެމްބަރަކު ކަރަންޓުގައި ޖެހިގެން ފަރުވާ ދޭން ފަށައިފި އެވެ.

މާލެ ގެންގޮސް އޭޑީކޭގައި ފަރުވާ ދެމުން އަންނަނީ ކައުންސިލަރު ވަފިއްޔާ އިބްރާހީމަށެވެ. ވަފިއްޔާ އަށް ފުރަތަމަ ފަރުވާ ދިނީ ހިންމަފުށީ ހެލްތު ސެންޓަރުގަ އެެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނަ ކަރަންޓުގައި ޖެހުނީ އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެފައިވާތީ ފެން ހިންދައި ކަރަންޓު ސާމާނު ރައްކާތެރިކޮށް ބެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ކައުންސިލް އިދާރާގެ ކަރަންޓު އެއްޗެހި ނިއްވާލަން އުޅުމުގެ ތެރޭގައި އިރުއޮއްސުނު ވަގުތު އެވެ.

މި ހާދިސާއާ ގުޅޭ ގޮތުން ލޯކަލް މިނިސްޓްރީން ބުނެފައި ވަނީ ވަފިއްޔާގެ ހާލު ގާތުން ބަލަމުން އަންނަ ކަމަށެވެ.