Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ކަރަންޓްގައި ޖެހުނު ކައުންސިލަރު ދޫކޮށްލައިފި

އިއްޔެ ކަރަންޓްގައި ޖެހިގެން ހާލު ދެރަވި ކ. ހިންމަފުށީ ކައުންސިލަރު ވަފިއްޔާ އިބްރާހީމަށް ފަރުވާ ދިނުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފި އެވެ.

އިއްޔެ ކުރި ބޯ ވިއްސާރައިގެ ތެރޭގައި ކައުންސިލް އިދާރާގައި އިރާކޮޅު ވަގުތެއްގައި ކަރަންޓްގައި ޖެހުނު ކައުންސިލަރަށް ފަރުވާ ދިނީ މާލެ ގެންގޮސް އޭޑީކޭގަ އެވެ. ފަރުވާ އަށް ފަހު ވަފިއްޔާ ދޫކޮށްލީ މިއަދެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ ކަރަންޓްގައި ޖެހުނީ އިއްޔެ ކުރި ވިއްސާރައިގައި ފެންބޮޑުވެފައިވާތީ ފެން ހިންދައި ކަރަންޓު ސާމާނު ރައްކާތެރިކޮށް ބެހެއްޓުމަށް ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ކައުންސިލް އިދާރާގެ ކަރަންޓު އެއްޗެހި ނިއްވާލަން އުޅުމުގެ ތެރޭގަ އެވެ.