ގައުމީ އެއާލައިން، މޯލްޑިވިއަނަށް ގެންނަ ފުރަތަމަ ވައިޑް ބޮޑީ ބޯޓް ދައްކައިލަން މި ހަފުތާގައި ބާއްވަން ހަމަޖެހިފައިވާ އެއާޝޯގެ ފޮޓޯ އާއި ވީޑިއޯ ނަގައިގެން އިނާމުތަކެއް ހޯދޭ މުބާރާތަކަށް ހުޅުވާލައިފި އެވެ.
އެއާ ޝޯ އޮންނާނީ ހޯމަ ދުވަހު ހަވީރު އެވެ. އެއާޝޯ ކުރިއަށް ގެންދާނީ މާލޭގެ އުސްފަސްގަނޑު ސަރަޙައްދާއި ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ސަރަޙައްދުގައި ހަވީރު 05:00-05:30 އަށެވެ.
މި ހަރަކާތުގެ ފޮޓޯ އާއި ވީޑިއޯ ނަގަން މުބާރާތަކަށް ހުޅުވާލައި މޯލްޑިވިއަނުން ވަނީ ގަދަ ތިނެކަށް އިނާމުތަކެއް ވެސް ހުށަހަޅައިފަ އެވެ.
އެއްވަނަ އިނާމަކީ ދެ މީހަކަށް ދެ ދުވަހު ފައިވް ރިސޯޓެއްގައި ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތެވެ. ދެވަނަ އަށް ހުށަހަޅާފައި ވަނީ ދެ މީހަކަށް އިންޑިއާގެ ޓްރިވެންޑްރަމްގެ ދެކޮޅު ޓިކެޓެވެ. ތިން ވަނަ އިނާމަކީ ދެ މީހަކަށް ރާއްޖޭގެ ކޮންމެވެސް ރަށަކަށް ދެ މީހަކަށް ދެކޮޅު ޓިކެޓެވެ.
📸 Prepare your cameras for the skies! ✈️ Don’t miss this airshow! ✨ Join our photo & videography competition and capture the magic in the air. #MaldivianAero pic.twitter.com/cQsl9EuAA6
— MaldivianAero (@MaldivianAero) January 1, 2025
ގަދަ ތިނަކަށް ހަދިޔާއެއްގެ އޭ330-200 ބޯޓްގެ މޮޑެލްއެއް ވެސް ލިބޭނެ އެވެ.
އެއާޝޯގެ ވީޑިއޯ އާއި ފޮޓޯ ނަގަން ހާއްސަ މުބާރާތާ ގުޅޭ މައުލޫމާތު ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ. ފޮޓޯ އާއި ވީޑިއޯ ހުށަހަޅަން ޖެހެނީ މި މަހުގެ 9 ގެ މެންދުރު ފަހު 2:00 ގެ ކުރިންނެވެ.
ވަނަތައް އިއުލާން ކުރާނީ 11 ވަނަ ދުވަހު އެވެ.