Last Updated: May 6, 21:15
Tuesday, May 6, 2025
ޚަބަރު

ފުލުސް ކާރު އެކްސިޑެންޓްވި މަންޒަރު ދުށް ބަޔަކު ހޯދަނީ

ހުޅުމާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓް

މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލޭގައި ހިނގި ފުލުހުންގެ ކާރަކާއި ސައިކަލެއް އެކްސިޑެންްވި ހާދިސާއާ ގުޅިގެން މަންޒަރު ދުށް ބަޔަކު ތިބިތޯ ބަލަން ފުލުހުން އިއުލާންކޮށްފި އެވެ.

ނުރައްކާތެރި އެ އެކްސިޑެންޓް ހިނގާފައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގަ އެވެ. އެ އެކްސިޑެންޓްގައި އަނިޔާވި ސައިކަލް ދުއްވި 18 އަހަރުގެ ޒުވާނާ އަށް ބޮޑެތި ގެއްލުންތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދީފައިވެ އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ދުށް މީހަކު ވާ ނަމަ އެ މައުލޫމާތު ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅައި ހިއްސާކޮށް ދޭން އެދިފައިވެ އެވެ.

އެ އެކްސިޑެންޓްގައި ފުލުހުންގެ ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއްވޭތޯ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.