Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ސައުދީ ކަދުރު ރޯދައިގެ ކުރިން ބަހާނެ

ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ސައުދީ އަރަބިއްޔާގެ ސަރުކާރުން ރާއްޖެ އަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ރާއްޖެ ގެނެސްފި އެވެ.

މިކަމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ރޭ ވިދާޅުވީ ރޯދައިގެ ކުރިން އެ ކަދުރު ބަހައި ނިންމަވާނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ މި ފަހަރު ކަދުރު ބެހުމުގައި މިސްކިތްތަކުގައި ރޯދަ ވީއްލުމުގެ ޕްރޮގްރާމްތައް ހިންގާން ބޭނުންވާ ޖަމިއްޔާތަކަށް ވެސް ކަދުރުން ބައެއް ދޭނެ ކަމަށެވެ.

ކޮންމެ އަހަރެއްގެ ރޯދަ މަހާ ދިމާކޮށް ސައުދީން ރާއްޖެ އަށް ކަދުރު ހަދިޔާކުރާތާ މިހާރު ވަރަށް ގިނަ ޒަމާންތަަކެއްވެފައިވެ އެވެ. އަދި މި ކަދުރު ރާއްޖޭގެ ހުރިހާ ރަށެއްގެ ގޭބިސީތަކަށް ކަދުރު ޕެކެޓެއްގެ މަގުން ބަހަ އެވެ.

ނަމަވެސް މި ފަހުން ރޯދަ މަސް ނިމުމާ ގާތްކޮށްފައި އަދި ރޯދަ މަސް ނިމޭ ފަހުން ވެސް ކަދުރު އާންމުންނަށް ލިބޭ ގޮތް މެދުވެރިވެ އެެވެ.