Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ރައީސަށް ގުޅިން ހޫނު މަރުހަބާއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ކ. ގުޅިއަށް ވަޑައިގަތުމުން ރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ މި ދަތުރަ، މިދިޔަ އަހަރު އަތޮޅުތަކާ ރަށްތަކާ ސިޓީތަކުގެ ލޯކަލް ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސް ފެއްޓެއްވި ސިލްސިލާ ދަތުރުތަކުގެ ތެރެއިން މި އަހަރު ކުރައްވާ ފުރަތަމަ ދަތުރު ކަމަށެވެ.

މި ދަތުރުތަކުގައި ރަށްރަށުގެ ރައްޔިތުންގެ ހާލުއަހުވާލު ބައްލަވައި، ރައްޔިތުން އެންމެ އެދޭ ކަންކަން އޮޅުންފިލުއްވައި، ތަރައްޤީގެ މަޝްރޫޢުތައް ތަރުތީބުކުރާނޭގޮތާއިމެދު ރައީސް މަޝްވަރާކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އެގޮތުން ރައީސްގެ މި ދަތުރުގައި ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.