Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

ކަމަދު އަށް ޑްރަގްސް އެތެރެކުރި މީހަކު ހައްޔަރަށް

ބ.ކަމަދު އަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މާލެއިން ކަމަދު އަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 1 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރީ ލ. ގަން. މަތިމަރަދޫ، ފާގަމާގޭ، އަހުމަދު ހަލީލު. 50، ކަމަށެވެ.

އޭނަ ހައްޔަރުކުރީ ކަމަދޫ ބަނދަރު ސަރަހައްދުން ހުއްޓުވައި ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 4 ރަބަރު ޕެކެޓް ފެނުމާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ހަލީލުގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.