Last Updated: May 10, 19:06
Saturday, May 10, 2025
ޚަބަރު

ފަޒުލްގެ ގެއިން މިލިއަން، ދިފާއުގައި ކުންފުންޏެއް!

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދުގެ ގެއިން ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެފި އެވެ.

މީޑިއާތަކުން ރިޕޯޓްކޮކޮށްފައިވާ ގޮތުގައި މިލިއަނަކަށް ވުރެ ގިނަ ފައިސާ ފެނުނީ އެޗްޑީސީގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަގު ގޯތީގެ މުއާމަލާތްތަކާ ގުޅިން ފުލުހުން މިހާރު ކުރިއަށް ގެންދާ ތަހުގީގުގެ ތެރެއިން މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ފަޒުލްގެ ގެ ކޯޓް އަމުރެއްގެ ދަށުން ބަލައި ފަސްކުރުމުގެ ތެރޭގަ އެވެ.

އެގޮތުން 1.4 މިލިއަން ރުފިޔާ ފަޒުލްގެ ގެއން ފެނިފައިވާ ކަމަށާއި އެ ފައިސ މިހާރު ވީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

މިވ ވާހަކަ ދެކެވެމުން ދަނިކޮށް ފެރީގެ ހިދުމަތްދޭ ކުންފުންޏެއް ކަމަށްވާ "ރިލެކްސް ފެރީ ސާވިސެސް" އިން ރޭ ދަންވަރު އެ ކުންފުނީެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ފަޒުލްގެ "ދިފާއުގައި" ޕޯސްޓެއް ކޮށްފައިވެ އެވެ.

އެ ޕޯސްޓްގައި ބުނީ 2022 ގައި ފަޒުލްގެ ކުންފުންޏާއެކު ކުރި މުޢާމަލާތެއްގެ ތެރެއިން ލޯންޗެއް ބަނދެފައިވާ ކަމަށެވެ. އަދި އެ ލޯންޗުގެ ފެންވަރު ރަނގަޅުކަމުން ދެވަނަ ލޯންޗެއް ބަނުމަށްޓަކައި މިދިޔަ އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު ކުންފުންޏަށް 1.4 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ދީފައިވާނެ އެ ރިލެކްސް އިން ބުންޏެވެ.

އެ ކުންފުނީގެ އެ ޕޯސްޓް ފަޒުލް މިއަދު އޭނަގެ ފޭސްބުކްގައި ޝެއާ ވެސް ކުރައްވާފައިވެ އެވެ.