ޒުވާނުން ބިނާ ކުރަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާރްޑީސީ) އިން "ބިނާވެހި" ގެ ނަމުގައި ކުރިއަށް ގެންދާ ތިން ވަނަ އެޕްރެންޓިސް ޕްރޮގްރާމް ފަށައިފި އެވެ.
ބައިވެރިންނަށް އިއްޔެ ވަނީ ޕްރޮގްރާމްގެ ލިޔުން ވެސް ހަވާލުކޮށްފަ އެވެ. ލިޔުން ހަވާލުކޮށް ދެއްވީ އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހެއިރެވެ.
އެ ކުންފުނިން ބުނީ ޕްރޮގްރާމްގައި ފަސް ބައިވެރިން ހިމެނޭ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ ތިން އަންހެން ބައިވެރިންނާއި ފިރިގެން ދެ ބައިވެރިންނެވެ. ހަ މަސް ދުވަހަށް ކުރިއަށް ގެންދާ "ބިނާވެހި" ޕްރޮގްރާމްގައި އާރްޑީސީގެ އެކި ޑިޕާޓްމަންޓްތަކުގައި ބައިވެރިންނަށް އަމަލީ ތަޖުރިބާ އާއި ތަމްރީނު ދޭނެ އެވެ.
އޭގެ ތެރޭގައި އެކޮމަޑޭޝަން ފެސިލިޓީ މެނޭޖްމަންޓް، އެޑްމިނިސްޓްރޭޝަން، ސެކިއުރިޓީ އެންޑް ސޭފްޓީ، އިންވެންޓްރީ، އައިސީޓީ، ލޮޖިސްޓިކްސް، ޕްރޮޑަކްޝަން، އެޗްއާރް، ޕްރޮޖެކްޓް މެނޭޖްމަންޓް، ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން، ސޭލްސް އެންޑް މާކެޓިން، ޕަބްލިކް ރިލޭޝަންސް ހިމެނެ އެވެ.
ޕްރޮގްރާމްގެ ބައިވެރިންނަށް އެ ކުރިއަށްދާ މުއްދަތުގެ ތެރޭގައި އެލަވަންސެއް ވެސް ދެ އެވެ.