Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ލޯކަލް އޮތޯރިޓީ ކުންފުނިތަކަށް ޓްރެއިނިންތަކެއް

މާފުށީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޭފުޅުންތަކެއް މިނިސްޓަރު އާދަމް ޝަރީފާ އެކު.

ކައުންސިލްތަކުން ރަޖިސްޓްރީކޮށްގެން މިހާރު ހިންގަމުން އަންނަ ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރުންނަށް ހާއްސަކޮށްގެން ބާއްވާ ތަމްރީނު ޕްރޮގްރާމްތަކަކަށް ހުޅުވާލައިފި އެވެ.

މި ޓްރެއިނިންތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ އިކޮނޮމިކް މިނިސްޓްރީ އާއި ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގުޅިގެންނެވެ.

އެގޮތުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ތަމްރީނުކުރުމުގެ ދެ ޕްރޮގްރާމަކަށް ވަނީ ހުޅުވާލައިފަ އެވެ. އެއީ މި މަހާއި އަންނަ މަހު ބާއްވަން ހަމަޖެހިފައިވާ ޕްރޮގްރާމަކަށެވެ. މި މަހުގެ 21-23 އަށް ބާއްވާ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލާފައި ވަނީ މި މަހުގެ 15 އާ ހަމައަށެވެ. އަދި އަންނަ މަހުގެ 18-20 އަށް ބާއްވާ ޕްރޮގްރާމްގައި ބައިވެރިވާން ހުޅުވާލާފައި ވަނީ އަންނަ މަހުގެ 11 އާ ހަމައަށެވެ.

މި ޓްރެއިނިން ޕްރޮގްރާމްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އޮންލައިންކޮށް ޒޫމް މެދުވެރިކޮށެވެ. އަދި ފީއެއްގެ ގޮތުގައި 1،000ރ. ދައްކަން ޖެހެ އެވެ.

ޕްރޮގްރާމްތަކާ ގުޅޭ އިތުރު މައުލޫމާތު މި މެއިލް [email protected] މެދުވެރިކޮށް ހޯދޭނެ އެވެ.