Last Updated: January 20, 22:59
Monday, January 20, 2025
ޚަބަރު

އުތުރުގެ އަތޮޅުތަކުގެ ވައި ނުސާފުވެއްޖެ

އުތުރުގެ އަތޮޅުތަކުގައި ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ.

މެޓް އޮފީހުން ބުނީ ދުންފަހުގެ ސަބަބުން ވައި ނުސާފުވެ އުތުރުގެ އަތޮޅުތަކުގައި ހަމަލޮލަށް ސާފްކޮށް ފެންނަ ދުރުމިން ގާތްގަނޑަކަށް ތިން ކިލޯމީޓަރަށް ދަށްވެފައިވާ ކަމަށެވެ.

މި ހާލަތު މެދުރާއްޖެތެރޭގެ އަތޮޅުތަކަށްވެސް ކުރިއަށް އޮތް ދުވަސްތަކުގައި ފެތުރިގެންދާނެ ކަަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މެޓް އިން ކުރި ޕޯސްޓުގައި ވަނީ ހދ. ކުޅުދުއްފުއްޓާއި ގާތްގަނޑަކަށް ހަތް ކިލޯމީޓަރުގެ ދުރުގައިވާ ކޭލަކުނު، މިއަދު ދުރުން ފެންނަން އޮތްގޮތާއި، މިދިޔަ އަހަރުގެ ނޮވެމްބަރުގައި ފެންނަން އޮތް ގޮތުގެ ފޮޓޯއެއް ހިއްސާ ކޮށްފަ އެވެ.