Last Updated: May 6, 21:15
Tuesday, May 6, 2025
ޚަބަރު

ރައީސް ހުވަދު އަށް، 3 ދުވަހަށް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހުވަދު އަތޮޅަށް ފުރާވަޑައިގެންފި އެބެ.

ރައީސް އޮފީހުން ބުނީތިން ދުވަހަށް ކުރައްވާ މި ދަތުރުފުޅުގައި ގދ.ގެ ފަސް ރަށަކަށާއި ގއ. އަތޮޅުގެ ހަތަރު ރަށަކަށް އެ ރައީސް ވަޑައިގަންނަވާނެ އެވެ.

ގދ. އިން ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހޯނޑެއްދޫ، ނަޑައްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދުއަށެވެ. ގއ. އިން ވަޑައިގަންނަވާނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދުއަށެވެ.

ރައީސްގެ މި ދަތުރުގައި ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ހިދުމަތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވައި
ގއ. އަދި ގދ. އަތޮޅުގެ ވީހާ ވެސް ގިނަ ރައްޔިތުންނާ ބައްދަލުކުރައްވައި ހާލުއަހުވާލު އޮޅުންފިލުއްވައި ރައްޔިތުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވާނެ އެވެ.

މީގެ އިތުރުން މާމެންދު އާއި ދެއްވަދޫ ކައުންސިލާ ވެސް ބައްދަލުކުރައްވައި އެ ރަށްރަށުގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި ތަރައްގީއާ ގުޅޭ ކަންކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާނެ އެވެ.

ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.

މިދިޔަ އާދީއްތަ ދުވަހު ރައީސް ކ. ގުޅިއަށް ވެސް ވަޑައިގަތެވެ.