ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއަައިއޭ) ގައި ކާރަކާއި ޕިކަޕެއް އެކްސިޑެންޓްވެއްޖެ އެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން އެކްސިޑެންޓް ހިނގި އެކްސިޑެންޓްގެ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައި ވަނީ އޭގައި ފެންނަނީ ކުރީގައި އޮތް ޕިކަޕްގެ ފަހަތު ބައިގެ ދަށަށް ކުޑަ ކާރެއް ވަދެފައި ވަނިކޮށެވެ.
މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ގިނަ ވެހިކަލްތަކެއް ވެސް ކިއު ހަދާފައި އޮތެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެކްސިޑެންޓުވި ކާރު ދުއްވަން އިން މީހާއަށް އަނިޔާވެގެން ފަރުވާ ދޭން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް ނިޔާގެ ތަފުސީލެއް ހާމައެއް ނުކުރެ އެވެ.
ކާރުގެ ފަހަތު ސީޓުގައި އިން މީހައަށް ވެސް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެގެން އެއާޕޯޓު ކްލިނިކުގައި ފަރުވާ ދިމް ކަމަށާއި އޭނަ މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.