ރައީސް ޑރ. މުހައްމަދު މިއަދު ހުވަދު އަތޮޅަށް ފެއްޓެވި ދަތުރުގެ ތެރެއިން އެންމެ ފުރަތަމަ ރަށަކަށް ގދ. ހޯނޑެއްދު އަށް ވަޑައިގެންފި އެވެ.
އެ ރަށަށް އެ މަނިކުފާނި ވަޑައިގަތުމުން ބަނދަރު ސަރަހައްދުން ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
ރައީސް މިއަދު ހޯނޑެއްދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ނިމުން ފާހަގަކުރާނެ އެވެ. އަދި ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވާނެ އެވެ. އަދި ކައުންސިލާއި އަންހެނުންގެ ކޮމިޓީއާ ވެސް ބައްދަލު ކުރައްވާނެ އެވެ.
ރައީސް އޮފީހުން ބުނީ ތިން ދުވަހަށް ރައީސް ކުރައްވާ މި ދަތުރުފުޅުގައި ގދ. ގެ ފަސް ރަށަކަށާއި ގއ. އަތޮޅުގެ ހަތަރު ރަށަކަށް އެ ރައީސް ވަޑައިގަންނަވާނެ އެވެ. ގދ. އިން ރައީސް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ހޯނޑެއްދޫގެ އިތުރުން ނަޑައްލާ، ވާދޫ، ފިޔޯރީ އަދި ރަތަފަންދުއަށެވެ. ގއ. އިން ވަޑައިގަންނަވާނީ ކަނޑުހުޅުދޫ، ނިލަންދޫ، މާމެންދޫ އަދި ދެއްވަދުއަށެވެ.
ރައީސްގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.