Last Updated: July 26, 06:31
Sunday, July 26, 2026
ޚަބަރު

މި އަހަރު ވައުދުތަކުގެ ނަތީޖާ ފެންނަން ފަށާނެ

ރައީސް ޑރ. މުހައްމަދު މުއިއްޒު - ފޮޓޯ: ރައީސް އޮފީސް

މި އަހަރަކީ ވެވަޑައިގެންގައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ފެށި، ރައްޔިތުންނަށް ނަތީޖާތައް ވެސް ފެންނަން ފަށާނެ އަހަރަކަށް ވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު މިއަދު ހުވަދު އަތޮޅުގެ ނުވަ ރަށަކަށް ފެއްޓެވި ތިން ދުވަހުގެ ތެރެއިން މިއަދު އެންމެ ފުރަތަމަ ރަށަކަށް ގދ. ހޯނޑެއްދު އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ އެކީ ބޭއްވި ބައްދަލުވުމުގައި ވިދާޅުވީ މިދިޔަ އަހަރު ތަރައްގީގެ މަޝްރޫއުތަކެއް ނުހިންގުނީ ފާސްކޮށް ދިން ބަޖެޓްގެ ތާށިކަމާ ހެދި ކަމަށެވެ.

ނަމަވެސް މި އަހަރަކީ، ސަރުކާރުގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ފާސްކޮށް ދިން ފަހި ބަޖެޓާ އެކީ އެ މަނިކުފާނު ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރޭގައި އެކި ރަށްރަށަށް ވަޑައިގެން ވެވަޑައިތް ވައުދުތަކުގެ އަމަލީ މަސައްކަތް ވަރަށް ތަރުހީބުކަމާ އެކީ ކުރިއަށް ދާނެ އަހަރެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ވެވަައިގެންފައިވާ ހުރިހާ ވައުދުތަކެއް ވެސް ފުއްދަވާނެކަމުގެ ޔަގީންޖކން ތަކުރާރު ކުރައްވައި ރައީސް ވިދާޅުވީ މި އަހަރަކީ ޔަގީނުން ވެސް ވައުދުތައް ފުއްދުމުގެ އަހަރަކަށް ވާނެ ކަމަށާއ އެ މަންޒަރު ރައްޔިތުންނަށް ފެންނަން ފަށާނެ ކަމަށެވެ. އެހެންވެ ތަފާތު ކުރުމެއް ނެތި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތަރައްގީގެ މަޝްރޫއުތައް ފައްޓަވައި ވީހާ ވެސް އަވަހަކަށް އެ ކަންކަން ނިިންމަވަން ވަރަށް ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ޢަޅުގަނޑު ވީ ހުރިހާ ވަޢުދަކީ އަޅުގަނޑު ފުއްދުމަށް ވީ ވައުދުތަކެއް. ސަމާލުކަން ދޭ ވައުދުތަކެއް،" ރައީސް ވިދާޅުވި އެވެ. "ސަރުކާރުން އެންމެ އިސްކަމެއް ދޭނީ ވައުދުތައް ފުއްދުމަށް."

އެ މަނިކުފާނު ވިދާޅުވީ ބޭނުންވެވަޑައިގަންނަަވަނީ ރައްޔިތުން ބޭނުންވާ ކަންކަން، ބޭނުންވާ ގޮތަށް ކޮށް ދެއްވަން ކަމަށެވެ. އަދި އެގޮތުގައި ސަރުކާރު ސާބިތުގެ އޮންނާނެ ކަމަށް ވިދާޅުވި އެވެ.