Last Updated: January 20, 22:59
Monday, January 20, 2025
ދުނިޔެ

ބިންހެލުމުގައި މަރުވި އަދަދު 100 އިން މައްޗަށް

މިއަދު ހެނދުނު ޗައިނާގެ ޓިބެޓް ސަރަހައްދަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފި އެވެ.

ކަމާބެހާ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނީ ރިކްޓާ މިންގަނޑުން 7.1 ބާރުމިނުގައި އައި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 106 އަށް އަރާފައިވާ ކަމަށެވެ. އަދި ޒަހަމްވި މީހުންގެ އަދަދު 170 އަށް ވުރެ ގިނަ އެވެ.

ބިންހެލުމުގައި 3،000 އަށް ވުރެ ގިނަ ގެދޮރު ބިމާހަމަވެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، އިމާރާތްތަކުގެ ދަށުގައި ތާށިވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީޑިއާތަކުން ބުނީ މީހުން ސަލާމަތް ކުރުމުގެ ބާރަށް ކުރިއަށްދާ އިރު، މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

މި ބިންހެލުމުގެ އަސަރު އަވައްޓެރި ނޭޕާލާއި އިންޑިއާ އަށް ވެސް ކުރި އެވެ. ބިންހެލުމުގެ އެންމެ ބޮޑަށްކުރީ ޓިބެޓްގެ ޓިގެސްޓޭ ސިޓީއަށެވެ.