މާލޭގެ ކެފޭއެއްގެ ތެރޭގައި މީހަކަށް ވަޅިން ބިރު ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އިންޑިއާ އަށް ނިސްބަތްވާމަހެންދުރަ ޕުއްލަ ހައްޔަރުކުރީ ހޯމަ ދުވަހު ކަމަށެވެ.
ކްރިމިނަލް ކޯޓުން ނެރުނު އޭނަގެ ބަންދު އަމުރުގައިވާ ގޮތުން އިންޒާރު ދިން އިރު ޕުއްލަ ހުރީ މަސްތުގެ ހާލަތުގައި ކަމަށް އޭނާ ވަނީ އެއްބަސްވެސްވެފަ އެވެ އަދި މަސްތުވުމަށް ބަނގުރާ ބޭނުންކުރާ ކަމަށް ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް އޭގައިވެ އެވެ.
ނަމަވެސް ތޫނު އެއްޗެއް ގެންގުޅުނު ކަމަށް ޕުއްޕަ އިންކާރުކޮށްފައިވާ ކަމަށާއި އަދި އެ ހާދިސާގެ ސީސީޓީވީ ފުޓޭޖު ވެސް ބެލުމަށް އޭނަ އެދުނުކަމަށް ބަންދު އަމުރުގައި ބުނެފައިވެ އެވެ.
ނަމަވެސް ޕުއްލަގެ މައްޗަށް އެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައި އޮތުމާއި މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށާއި އަދި ފިލާފާނެ ކަމުގެ ބިރު އޮތްކަމަށް ބުނެ އޭނަގެ ބަންދަށް 5 ދުވަސް ޖަހާފައިވެ އެވެ.