ޑިފެންސް މިނިސްޓަރު ގައްސާމް މައުމޫން އިންޑިއާ އަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
މިއީ މަގާމާ ހަވާލުވެވަޑައިގަތް ފަހުން ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން ގައްސާން އެގ ގައުމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މިނިސްޓަރު އިންޑިއާ އަށް ވަޑައިގެންފައި މި ވަނީ އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި ޑޯނިއާ މަތިންދާބީޓް ދުއްވުމާއި ބެލެހެއްޓުމުގެ މަސައްކަތުގައި ތިބި އިންޑިއާ ސިފައިން މި ސަރުކާރުން މިދިޔަ އަހަރު ފޮނުވާލާފައި ވަނިކޮށެވެ. އަދި އޭގެ ބަދަލުގައި މިހާރު ރާއްޖޭގައި ތިބީ އިންޑިއާގެ މަދަނީންތަކެއް ކަމަށް ސަރުކާރުން ބުނެ އެވެ.
India rolls the red carpet for Maldives Defence Minister Mohammed Ghassan Maumoon, Welcome ahead of key talks with Defence Minister Rajnath Singh @WIONews https://t.co/RWPuqIcFt8 pic.twitter.com/9VPz2y9qXw
— Sidhant Sibal (@sidhant) January 8, 2025
އިންޑިއާގެ ސިފައިން ރާއްޖެ އިން ބޭރުކުރަން ގޮވާލައި ކުރީގެ ސަރުކާރުގެ ދުވަސްވަރު "އިންޑިއާ އައުޓް" ގެ ނަމުގައި، މިހާރު ސަރުކާރުގައި ތިއްބެވި ބޭފުޅުންތަކެއް އިސްކޮށް ތިއްބަވައިގެން ކުރިއަށް ގެންދިޔަ ކެމްޕޭންގައި ގައްސާނަކީ ވަރަށް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ގައްސާން ތިން ދުވަހަށް އިންޑިއާ އަށް ކުރައްވާ ދަތުރުގައި އެ ގައުމުގެ ޑިފެންސް މިނިސްޓްރު ރަޖްނާތުއާ މިއަދު ބައްދަލުކުރައްވަން ހަމަޖެހިފައިވެ އެވެ. އެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކުރާނެ އެވެ.
Maldives Defence Minister Mohammed Ghassan Maumoon, Indian Defence Minister Rajnath Singh hold talks in Delhi @WIONews https://t.co/44QwUoNfTC pic.twitter.com/o9BDvhXkHv
— Sidhant Sibal (@sidhant) January 8, 2025
އެ ބައްދަލުވުމުގައި ތަމްރީނާއި ޖޮއިންޓް އެކްސަސައިޒްތަކާއި، ދިފާއީ މަޝްރޫއުތައް އަދި ވޯކްޝޮޕްތަކުގެ އިތުރުން ރާއްޖޭގެ ގައުމީ ދިފާއީ ބާރު ހަރުދަނާ ކުރުމަށް ބޭނުންވާ ދިފާއީ އާލާތްތައް ފޯރުކޮށް ދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާއިން ބުނެ އެވެ.