ގާނޫނު އަސާސީގެ ދިފާއުގައި އިހުތިޖާޖަށް ނިކުންނަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ.
އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި މި މަހުގެ 31 ގައި މާލޭގެ މަގުމައްޗަށް އިހުތިޖާޖަށް ނިކުންނަން ހުށަހެޅީ އެ ޕާޓީގެ ތިމަރަފުށީ ދާއިރާގެ ރައީސް އަންވަރު އިބްރާހީމް އެވެ. މި ހުށަހެޅުން ފާސްވީ ގައުމީ މަޖިލީހުގެ މެމްބަރުން އިއްތިފާގުންނެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 19 ވަނަ ބައްދަލުވުން ކުރިއަށްދަނީ. pic.twitter.com/dg4EAalUhi
— MDP Secretariat (@MDPSecretariat) January 8, 2025
އެމްޑީޕީން އިހުތިޖާޖަށް ނިކުންނަން ނިންމާފައިވާއިރު، މަޖިލީހުން މިދިޔަ އަހަރު ވަނީ ގާނޫނު އަސާސީ އަށް ކުއްލި އިސްލާހުތަކެއް ގެނެސްފަ އެވެ.
އޭގެތެރޭގައި ހިމެނެނީ ސަރުކާރުން ވަނީ ޕާޓީ ބަދަލުކުރުމުން މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހަކާއި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ނެތި ރާއްޖޭގައި ބޭރު ސިފައިންނަށް ނުތިބެވޭ ގޮތް ހެދުމުގެ އިސްލާހެވެ. އަދި ރާއްޖޭގެ ސަރަހައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ މަޖިލީހުގެ މެމްބަރުންގެ މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ކަމަށް ހެދުމުގެ އިސްލާހު ވަނީ ގާނޫނު އަސާސީ އަށް ގެނެސްފަ އެވެ.
އެމްޑީޕީން މީގެކުރިން ވަނީ "ގާނޫނުއަސާސީގެ ދިފާއު" ގެ ނަމުގައި މާލޭގައި ބޮޑު ޖަލްސާއެއް ވެސް ބާއްވާފަ އެވެ.