Last Updated: July 26, 18:11
Sunday, July 26, 2026
ޚަބަރު

ހުވަދޫ އޮރެންޖް އެލާޓްގައި

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހުވަދު އަތޮޅަށް މިއަދު އޮރެންޖް އެލާޓް ނެރެފި އެވެ.

ގދ އާއި ގއ. އަތޮޅަށް މޫސުމާ ބެހޭ އިދާރާ އިން އެ އެލާޓް ނެެރެފައި ވަނީ މެންދުރު 12:50 އިން ފެށިގެން ހަވީރު 3:00 އާ ހަމައަށެވެ. އެ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހި ފެން ބޮޑުވެދާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ހުވަދު އަތޮޅަށް އޮރެންޓް އެލާޓް ނެރުނީ ޔެލޯ އެލާޓް ނެރުނުތާ ބައި ގަޑިއެއްހާ އިރު ފަހުންނެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މިދިޔަ ހަފުތާގައި މާލެ އާއި 10 ރަށަކަށް ބޯކޮށް ވާރޭ ވެހި އަދި އުދަަ ވެސް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.