"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން 4،000 ފްލެޓް ވީ އެންމެ އަވަހަށް ދޫކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނުގެ ހުވަދޫ ދަތުރުގެ ތެރެއިން ނޫސްވެރިންނަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ4،000 ފްލެޓް ދޫކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ. ރަައީސް ވިދާޅުވީ މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މަސައްކަތް ފްލެޓް ލިސްތް ރިވިއުކުރުމުގެ މަސައްކަތް ކުރަމުން ގެންގޮސްފައިވާ އުންމީދަކީ ވީހާ ވެސް އަވަހަކަށް ފްލެޓްތައް އޭގެ ހައްގުވެރިންނާ ހަވާލު ކުރުން ކަމަށެވެ.
"ވީހާ ވެސް އަވަހަކަށް އަޅުގަނޑު ވަޢުދުވެފައި އޮތްގޮތަށް އެކަންކުރުމުގެ މަސައްކަތް މިހާރު އޮތީ ފަށާފައި." ރައީސް ވިދާޅުވި އެވެ. "ރޯދައިގެ ކުރިއަށް ހަމަ އިރާދަކުރެއްވިޔާ އިއުލާން ކުރަން މި މަސައްކަތް ކުރަނީ. އަޅުގަނޑަށް ހަމަ ވަރަށް ބޮޑަށް ގަބޫލުކުރެވޭ ކުރެވޭނެ ކަމަށް."
"ގެދޮވެރިޔާ" އަކީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ސްކީމެކެވެ. އެ ސްކީމްގެ ދަށުން ފްލެޓް ލިބުނު މީހުންނާ އެތަންތަން ހަވާލު ކުރުން ލަސްވެގެން އެކި ފަހަރު މަތިން މުޒާހަރާ ވެސްކޮށްފައިވެ އެވެ.
މި ސްކީމްގެ ތެރެއިން ނުހައްގުން ފްލެޓް ލިބިފައިވާ ބަޔަކު ތިބި ކަމަށް ބުނާތި އެކަމާ ގުޅޭ ތަހުގީގެއް ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ކުރަމުންނެވެ. "ގެދޮދުވެރިޔާ" ގެ އިތުރުން "ބިންވެރިޔާ" ސްކީމާ ގުޅޭ އެފަދަ މައްސަލަތަކެއް ވެސް އަންނަނީ ބަލަމުންނެވެ.