Last Updated: June 9, 16:46
Tuesday, June 9, 2026
ޚަބަރު

ދެއްވަދޫގައި އައުޓްޑޯ ޖިމެއް ހަދަނީ

ގއ. ދެއްވަދޫގައި އައުޓްޑޯ ޖިމް ހަދައި ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފި އެވެ.

އެ ރަށު ކައުންސިލަރުންނާ އެކު މިއަދު ބޭއްވި ބައްދަކުވުމުގައި ރައީސް އެ ޔަގީންކަން ދެއްވ އިރު، ކައުންސިލަރުން ވަނީ ރަށަށް މި ވަގުތު ދިމާވެފައި ހުރި އިތުރު ދަތިތަކުގެ ވާހަކަ ވެސް ހިއްސާ ކުރައްވައިފަ އެވެ.

އެގޮތުން ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތް މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވައި އެކަމަށް ޙައްލެއް ބޭނުންވާ ކަމަށް ބުނެފައިވެ ވެ. އަދި ރައްޔިތުންނަށް ކުރިމަތިވާ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށްޓަކައި ރަށުގެ ޞިއްޙީ މަރުކަޒަށް ޒަމާނީ ވަޞީލަތްތައް އިތުރުކޮށް، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށް ދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެ އިތުރުން ބިމުގެ ދަތިކަމަށް ޙައްލު ބޭނުންވާކަމަށާއި އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އެ ބައްދަލުވުމުގައި ދެއްވަދޫ އަންހެނުންގެ ތަތައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ވަނީ ވޮލީކޯޓެއް ޤާއިމުކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

ރައީސް ވިދާޅުވީ އެކަންކަން ކޮށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.