މާފުށީ ޖަލުގައި ގައިދީންތަކެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލުކުރަން ފަށައިފި އެވެ.
އެނގިފައިވާ ގޮތުގައި މި ހަޅުތާލަށް މިހާރު ތިން ދުވަސް ވަނީ ވެފަ އެވެ. ހަޅުތާލު ކުރަނީ ޖަލުގެ ޔުނިޓް 3 އާއި 4 ވަނަ ޔުނިޓްގެ ގައިދީންތަކެކެވެ. ހަޅުތާލުކުރަން ފެށީ 2 ޔުނިޓްގެ ސެކިއުރިޓީ ވަރުގަދަކުރުމުންނެވެ.
އެހެންވެ ކުރިން ކޮރިޑޯއަށް ނިކުމޭވޭ ގޮތަށް މިހާރު ނުނިކުމެވޭތީ އެކަމުގެ ކަންބޮޑުވުންތަކެއް ގައިދީންތަކުގައި މެދުގައި އޮތް ކަމަށް މައުލޫމާތު ލިބެ އެވެ.
ގައިދީންތަމެއް ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރާކަން ކަރެކްޝަންސް އިން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ. އެތަނުން ބުނީ އުސޫލުގެ ތެރެއިން ގައިދީންގެ ޑިމާންޑްތައް ފުރިހަމަކޮށް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.