Last Updated: January 20, 22:59
Monday, January 20, 2025
މުނިފޫހިފިލުވުން

'އިންޑިއާ ސްޓޯރީ' ގައި ޝްރެޔަސް އާއި ކާޖަލް

ލީޑް ކާސްޓަށް ޝްރެޔަސް ތަލްޕަޅޭ އާއި ކާޖަލް އަގަރްވާލް ހިމަނައިިގެން "ދަ އިންޑިއާ ސްޓޯރީ" ކިޔާ ފިލްމެއްގެ ޝޫޓިން މިއަދު ފަށައިފި އެވެ.

މުމްބާއީ އާއި ކޯލަޕޫރްގައި މަންޒަރުތައް ނަގަން ހަމަޖެހިފައިވާ މި ފިލްމަކީ އިންޑިއާގެ ޕެސްޓްސައިޓް އުފައްދާ ކުންފުނިތަކުގެ "ހަފަރާތް" ދައްކުވައި ދޭނެ ފިލްމެކެވެ. "އިންޑިއާ ސްޓޯރީ" ގެ ޑައިރެކްޓަރަކީ ޗޭތަން ޑީކޭ އެވެ.

މި ފިލްމު ސިނަމާތަކަށް ގެންނާނީ މި އަހަރުގެ އޮގަސްޓް މަހުގެ މެދުތެރޭގަ އެވެ.

"އިންޑިއާ ސްޓޯރީ" ގެ ޝޫޓިން މިއަދު ފެށި އިރު، ޝްރެޔަސްގެ ކުރިއަށް އޮތް ފިލްމަކީ މި މަހުގެ 17 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ "އިމަޖެންސީ" އެވެ.

މަދުމަދުން ބޮލީވުޑްގެ ފިލްމުތަކުން ފެންނަ ކާޖަލް އަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ވަރަށް މަޝްހޫރު ބަތަލާއެކެކެވެ. އޭނަ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި އަޖޭ ދޭވްގަންގެ "ސިންގަމް" އާއި އަކްޝޭ ކުމާރުގެ "ސްޕެޝަލް 26" ހިމެނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި އަހަރުގެ ފިތުރު އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ ސަލްމާން ޚާންގެ "ސިކަންދަރު" ގައި ވެސް ކާޖަލް ހިމެނެ އެވެ.