Last Updated: May 10, 17:38
Saturday, May 10, 2025
ޚަބަރު

ޓިކްޓޮކާއި އެކްސް މަނާކުރާކަށް ނޫޅޭ

ރާއްޖޭގައި ޓިކްޓޮކާއި އެކްސް މަނާކުރަން އުޅޭ ކަމަށް ބުނެ ދެކެވޭ ވާހަކަތައް ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ދޮގު ކުރައްވައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ ކަލަންޑަރު ލޯންޗްކުރަން ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށް ދެއްކެވި ވާހަކައިގައި މިނިސްޓަރު ވިދާޅުވީ ޓިކްޓޮކާއި އެކްސް ރާއްޖޭގައި ބްލޮކް ކުރަން އުޅޭ ކަމަށް ސޯޝަލް މީޑިއާގައި ފެތެރެމުންދާ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ. އިހުސާން ވިދާޅުވި ގޮތުގައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ސޯޝަލް މީޑިއާގެ ދާއިރާ ތަރައްގީކޮށް ފުޅާކުރުމަށެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވ އިރު ރާއްޖޭގެ ސޯޝަލް މީޑިއާ ކޮންޓެންޓް ކްރިއޭޓަރުންނަށް ފައިސާ ލިބޭނެ ގޮތް ހަދާނެ ކަމަށް ސަރުކާރުން އޮތީ ބުނެފަ އެވެ.

ޓިކްޓޮކްގައި ދިވެހި ކޮންޓެންޓް ކްރިއޭޓަރުން މިހާރު ވަރަށް ގިނަކަން ފާހަގަކޮށްލެވެ. އަދި ކުރިން ޓްވިޓާގެ ނަމުގައި ހިންގި މިހާރުގެ އެކްސް އަކީ ރާއްޖޭހެ ނުފޫޒު ގަދަ ސިޔާސީ ބޭފުޅުންގެ މެދުގައި އެންމެ މަގުބޫލު ފްލެޓްފޯމެވެ.

ރާއްޖޭގައި ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކެއް ވެސް އެއްވެސް ހިފަހެއްޓުމެއް ނެތި ބޭނުން ކުރެވޭ އިރު، މި ސަރުކާރުގެ ވަރަށް ކުރީކޮޅު ބަރަހަނާ ސައިޓްތަކަށް ނުވަދެވޭ ގޮތަށް ވަނީ ހަދައިފަ އެވެ.