Last Updated: July 26, 06:13
Sunday, July 26, 2026
ޚަބަރު

ރަސްމީ ދަތުރެއްގައި ޝަހީމް ޕާކިސްތާނަށް

ރަސްމީ ދަތުރުފުޅެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ޕާކިސްތާނަށް ވަޑައިގެންފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ދަތުރުފުޅުކީ މުސްލިމް ވޯލްޑް ލީގް (ރާބިޠަތުލް ޢާލަމިލްއިސްލާމީ) ގެ ދަޢުވަތަކަށް، އިސްލާމީ މުޖުތަމަޢުތަކުގައި އަންހެން ދަރީންނަށް ތަޢުލީމު ދިނުމާ ބެހޭގޮތުން ބާއްވާ ބައިނަލްއަޤުވާމީ ކޮންފަރެންސްގައި ބައިވެރިވުމަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅެއް ކަމަށެވެ.

މި ކޮންފަރެންސްގެ ޢިލްމުވެރިންގެ ސެޝަންގައި ޝަހީމް ވާހަކަދައްކަވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޝަހީމް އަކީ މުސްލިމް ވޯލްޑު ލީގުގެ ސުޕްރީމް ކައުންސިލްގެ މެމްބަރެކެވެ.