މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 07" ސަފާރީން މޫދަށް ވެއްޓި، ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ސަފާރީން ވެއްޓިގެން ހޯދީ ނ. ހޮޅުދޫ، ސީވީޑް، ޢަލީ އަރުޝަދު، 35، އެވެ.
ފުލުހުން މިއަދު ބުނި ގޮތުގައި، ސަފާރީގެ ސީސީޓީވީ ފުޓޭޖު ބެލިއިރު، ރޭގެ ވަގުތެއްގައި ސަފާރީގެ ޑެކް މަތީގައި ހުއްޓާ އަރުޝަދު ވެއްޓި ޑެކްގެ އަރިމަތީ ޖެހިފައި މޫދަށް ވެއްޓިފައިވާ ތަން ވަނީ ފެނިފައެވެ.
އޭނާގެ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން ދިޔައީ ކުރަމުންނެވެ.
އެމްއެންޑީއެފުންބުނީ، ގެއްލުނު ދިވެހި އަރުޝަދު ހަށިގަނޑު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ޑައިވަރުންނަށް ކަނޑުގެ 69 މީޓަރު އަޑިން ހަށިގަނޑު ފެށިގެން ލޯންޗަށް ނެގީ ހަވީރު 3:35 ހާއިރު އެވެ.