Last Updated: June 10, 00:02
Tuesday, June 9, 2026
ޚަބަރު

އެންވަޔަރަމަންޓް މިނިސްޓަރު ޔޫއޭއީ އަށް

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހީމް ރަސްމީ ދަތުރެއްގައި ޔޫއޭއީ) އަށް ވަޑައިގެންފިއެވެ.

މިނިސްޓްރީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނީ މިނިސްޠަރުގެ މި ދަތުރަކީ 15 ވަނަ އިންޓަނޭޝަނަލް ރިނިއުވަބަލް އެނަޖީ އެޖެންސީ (އައިރީނާ) އެސެމްބްލީގައި ބައިވެރިވެވަޑައިގަތަށް ކުރައްވާ ދަތުރެއް ކަމަށެވެ

އައިރީނާގެ އެސެމްބްލީގެ 15 ވަނަ ސެޝަން ކުރިއަށް ދާނީ މި މަގުގެ 12 އިން 13 އަށް އަބޫދާބީގަ އެެވެ. މި ސެޝަނާ ގުޅޭ އެހެނިހެން ބައްދަލުވުންތަކެއް މާދަމާ ވެސް ކުރިއަށްދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ބައްދަލުވުމުގައި އައިރީނާގެ ކޮންމެ މެންބަރު ޤައުމަކުން އެއް ބޭފުޅަކު ބައިވެރިވެވަޑައިގަންނަވާނެ އެވެ. މިދިޔަ އަހަރު ނިމުނުއިރު އައިރީނާގެ މެންބަރުންގެ ތެރޭގައި 170 ޤައުމެއް ހިމެނޭ އެވެ.