Last Updated: June 28, 04:10
Saturday, June 27, 2026
ޚަބަރު

ދުނިޔޭގެ ގަދަ 10 ގައި އައްޑޫގެ ދަރިވަރުން!

ވީފޮޓޯ

މިދިޔަ އަހަރު ބޭއްވި ޖީސީއީ އޯލެވެލް އިމްތިހާންގެ ގަދަ 10އެއްގައި އައްޑޫއަށް ނިސްބަތްވާ ގިނަ ދަރިވަރުން ތަކެއް ހިމެނިއްޖެއެވެ.

މީގެ ތެރޭގައި މާލޭގައި ކިޔަވާ އައްޑޫގެ ދަރިވަރުންނާއި، އައްޑޫގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުން ހިމެނެއެވެ.

ޖީސީއީ އޯލެވެލް އިމްތިހާނުން އިކޮނޮމިކްސް އިން 100 ޕަސެންޓް މާކުސް ހޯދައިގެން ފޭދޫ ސްކޫލުގެ ދަރިވަރު، ފޭދޫ ދުންނިކަގެ ފާތިމަތު ސިބާ ވަނީ ދުނިޔޭގެ އެއްވަނާގައި ހިމެނިފައެވެ.

މީގެ އިތުރުން ސިބާ ވަނީ ޓްރެވެލް އިން ޓޫރިޒަމުން ދުނިޔޭގެ 7 ވަނަ ހޯދާފައެވެ. އަދި އިންގްލިޝް އޭޒް އަ ސެކަންޑް ލެންގުއޭޖުން 3 ވަނަ ވެސް ހޯދާފައެވެ.

ސަބާގެ އިތުރުން ފޭދޫ ސްކޫލްގެ ފައިހާ ފިރާގުވަނީ ޓްރެވަލް އެންޑް ޓޫރިޒަމުން 6 ވަނަ ހޯދާފައެވެ.

ސ.އަތޮޅު މަދުރަސާގެ އާމިނަތު އަބްދުﷲ، އާހިޔާ، ސ. ހުޅުދޫ ވަނީ ކޮމާސްއިން 10 ވަނަ ހޯދާފައެވެ.
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގައި ރާއްޖޭގެ ގަދަ ދިހައެއްގައި 475 ކުދިން ހިމެނިފައިވާއިރު މިފަހަރު އެންމެ ފަހްރުވެރި ވަނަ ތައް ހޯދާފައިވަނީ ފޭދޫ ސްކޫލުންނެވެ.