Last Updated: January 20, 22:59
Monday, January 20, 2025
ޚަބަރު

ބިލެތްފަހި ކައުންސިލުން "ދަރިވަރުންގެ ހިޔާ" އެއް

ށ. ބިލެތްފަހި ކައުންސިލުން އެ ރަށުގެ ސްކޫލަށް "ދަރިވަރުންގެ ހިޔާ" އެއް ހަދައި ދީފި އެވެ.

ކައުންސިލްގެ ހަރަދުގައި ހަދައިދިން މި ފެސިލިޓީ އަކީ ދަރުވަރުން މަޑުންކޮށްލައިގެން ތިބޭ ތަނެއްގެ ގޮތުގައި ހަދައި ދީފައިވާ ތަނެކެވެ. "ދަރިވަރުންގެ ހިޔާ" ދަރިވަރުން ދެވަނަ ޓާމުގެ މެދު ޗުއްޓީއަށް ފަހު މިދިޔަ ހަފުތާގައި ކިޔަވަން ފެށުމާ އެކު ބޭނުން ކުރަން ފަށައިފަ އެވެ.

ކައުންސިލުން ބުނި ގޮތުގައި ސްކޫލްގެ ދަރިވަރުންނަށް ހަދައި ދިން ހިޔާ އަކީ ދަރިވަރުންނާއި ބެލެނިވެރިންގެ ވެސް ފަސޭހައަކަށް ހަދައި ދިން ތަނެއް ކަމަށެވެ. އެގޮތުން މިއީ ހޫނު ދުވަސް ދުވަހާއި ވިއްސާރަ ދުވަސްވަރު އެ މީހުންގެ ފަސޭހައަކަށް ހަދައިދިން ތަނެއް ކަމަށް ބުންޏެވެ.

ކައުންސިލުން ބުނީ 300،000ރ. އެއްހާ ހަރަދުކޮށްގެން ހެދި "ދަރިވަރުންގެ ހިޔާ" އަކީއެއް ފަހަރާ 50 މީހަކަށް އިށީނދެގެން ތިބެވޭނެ ގޮތަށް އަށްޓާއި އެތަނުގައި ތިބެގެން ދަރިވަރުންނަށް ފިލާވަޅު ހެދުމާއި ޑިސްކަޝަންތައް ކުރިއަށް ގެންދެވޭނެ ގޮތަށް މޭޒުތައް ޑެސްކް ވެސް ބަހައްޓާފައިވެ އެވެ.

މިކަމާ ގުޅިގެން ބިލެތްފަހި ސްކޫލުން ކައުންސިލަށް ޝުކުރު އަދާކޮށްފައިވެ އެވެ.

ބިލެތްފަހި ސްކޫލަކީ 100 އެއްހާ ދަރިވަރުން ކިޔަވަމުން އަންނަ ޕްރީ ސްކޫލުން ފެށިގެން ގުރޭޑް 10 އާ ހަމައަށް ކިޔަވައިދޭ ސްކޫލެވެ.