Last Updated: January 20, 22:59
Monday, January 20, 2025
ޚަބަރު

ފެންބޮޑުވެގެން މާލޭގެ ގޭބިސީތަކުގެ ހާލަތު ބަލަނީ

މާލެ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ގޭބިސީތަކުގެ ހާލަތު މިހާރު ބަލަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އެތަނުން މިއަދު ބުނީ ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވެގެން ވެލިބަސްތާ ޖެއްސުމާއި ފެން ހިއްކުމުގެ މަަސައްކަތް ސިފައިންނާއި ފުލުހުން އަދި ސިޓީ ކައުންސިލް ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

"އަދި ގޭބިސީތަކުގެ ހާލަތު ގާތުން މިދަނީ މޮނީޓަ ކުރަމުން." އެންޑީއެމްއޭ އިން ބުންޏެވެ.

މާލޭގެ އަށް ސަރަހައްދެއްގައި 19 ޕަންޕު ބަހައްޓައިގެން މަސައްކަތް ފެން ހިއްކުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާތަނަށް 13،882 ޓަނުގެ ފެން ބޭރުކޮށްފައިވެ އެވެ.

މާލެ އަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައި ވަނީ މި މަހުގެ 3 އާއި 4 ގައި ވެސް ބޯކޮށް ވާރޭ ވެހި ބޮޑެތި ގެއްލުންތަކެއްވެފައި ވަނިކޮށެވެ. އެގޮތުން 226 ގެއަކަށް ގެއްލުންވެފައިވާ އިރު، އެ ވިއްސާރައިގައި ގޭބިސީތަކަށް ލިބުނު ގެއްލުން 2.2 މިލިއަނަށް އަރަ އެވެ.

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ވެސް މޫސުން ގޯހެވެ. އެގޮތުން ށ. އަތޮޅުން ފެށިގެން ތ. އަތޮޅާ ހަމައަށް އޮތީ މެންދުުރު ފަހު 1:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެެވެ.