Last Updated: January 20, 22:59
Monday, January 20, 2025
ދުނިޔެ

ލަންކާގައި ސިނގިރެޓް އަގުބޮޑުކޮށްފި

ލަންކާ މީހަކު ބިޑިއެއް ބޮނީ.

ސްރީ ލަންކާ އިން ސިނގިރެޓާއި ބަނގުރަލުން ނަގާ ޑިއުޓީ މިއަދުން ފެށިގެން ބޮޑުކޮށްފި އެވެ.

އެ ގައުމުގެ ފިނޭންސް މިނިސްޓްރީން ޑިއުޓީ އަށް މިއަދުން ފެށިގެން މި ގެނައި ބަދަލާ އެކީ ބަނގުރަލުން ނަގާ ޑިއުޓީ ވަނީ ހަ ޕަސެންޓަށް ބޮޑުކޮށްފަ އެވެ.

ސިނގިރެޓް ޑިއުޓީ އަށް ގެނައި ބަދަލާ އެކީ ހަތަރު ކެޓަގަރީއަކުން ސިނގިރެޓްގެ އަގަށް ވަނީ ބަދަލުތަކެއް އަައިސްފަ އެވެ. ސިނގިރެޓުން ނަގާ ޓެކްސް ވަނީ 5.9 ޕަސެންޓަށް ކުޑަކޮށްފަ އެވެ. އެގޮތުން މިއަދުން ފެށިގެން ދެން ވަކިވަކިން ސިނގިރެޓެއް ވިއްކާނީ 5-10 ރުޕީސްއާ ދެމެދުގަ އަގެއްގައި ކަމަށް ސިލޯން ޓޮބޭކޯ ކޮމްޕެނީ (ސީޓީސީ) އިން ބުންޏެވެ.

ލަންކާ އިން ސިނގިރެޓާއި ބަނގުރަލުން ޑިއުޓީ ބޮޑުކުރި އިރު، އެ ގައުމުގެ ރައްޔިތުން، ހާއްސަކޮށް ޒުވާނުން ދުންފަތާ ދުރު ކުރުމަށް ތަފާތު ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ. އެގޮތުން ލަންކާގައި ސިނގިރޭޓް ވިއްކޭގެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމަށް ކަނޑައަޅާފައިވެ އެވެ.