Last Updated: January 20, 22:59
Monday, January 20, 2025
ދުނިޔެ

ދީނަށް ފުރައްސާރަ ކުރުމުން 5 ޑޮލަރުގެ ޖޫރިމަނާއެއް!

އިސްލާމް ދީނަށް ފުރައްސާކުރި ސްރީ ލަންކާގެ ބުޑިސްޓް ފާދިރީއެއްގެ މައްޗަށް ކުށް ސާބިތުވެ 9 މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

ބުރާސްފަތި ދުވަހު އެ ހުކުމް އިއްވީ ބުޑިސްޓް ހަރިކަށި ފާދިރީއެއް ކަމަށްވާ ގަލަގޮޑާއްޓޭ ގުނަނަސަރަގެ މައްޗަށެވެ. އޭނަގެ މައްޗަށް އިއްވި ޖަލު ހުކުމާއެކު 1،500 ރުޕީސް (5 ޑޮލަރު) އިން ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ. ޖޫރިމަނާ ނުދައްކައިފި ނަމަ ޖަލު ހުކަމަށް މަހެއް އިތުރުވާނެ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ގުނަނަސަރުގެ މައްޗަށް އަލުން ހުކުމެއް މި އައީ އޭނަ ނޫސް ކޮންފެރެންސެއްގެ ތެރޭގައި 2016 ވަނަ އަހަރު އިސްލާމް ދީނަށް ފުރައްސާރަކޮށް، މުސްލިމުންމާ މެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދެއްކި މައްސަލައިގަ އެވެ. އަދި ގުނަނަސަރަށް އަލުން ޖަލުން ހުކުމެއް މިއީ ލަންކާގެ ސިޔާސީ ކާޓޫނިސްޓެއްގެ އަންހެނުންނަށް އޭނަ ފުރައްސާކުރި މައްސައެއްގައި ކުރިން އިއްވާފައި އޮތް ހަ އަހަރު ޖަލު ހުކުމެއް 2019 ގައި އޭރުގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާ މާފު ދެއްވާފައި ވަނިކޮށެވެ.

ސިންގަަޅަ ބުޑިސްޓް ލީޑަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ގުނަނަސަރަ އަކީ ގޮޓަބަޔާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ފާދިރީއެކެވެ.

ބުރާސްފަތި ދުވަހު އިއްވި ހުކުމް ގުނަނަސަރަ އިސްތިއުފާނަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފަ އެވެ.

ގުނަނަސަރަ އަކީ ކުރިން ވެސް އިސްލާމް ދީނަށް ފުރައްސާރަ ކުރުމާއި އެ ނޫން ވެސް ތަފާތު އެކި މައްސަަލަތަކުގެ ރެކޯޑް އޮންނަ ފާދިރީއެކެވެ. އެގޮތުން ބައެއް މައްސަލަތަކުގައި އޭނަ އަށް އެކި ފަހަރު މަތިން ޖަލު ހުކުމްތައް އިއްވާފައިވެ އެވެ.