Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

ރައީސް އެސްޓޯނިއާ އަށް ވަޑައިގަންނަވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު، ރަސްމީ ދަތުރުފުޅެއްގައި އެސްޓޯނިއާ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައީސްގެ މިދަތުރުފުޅަކީ އެސްޓޯނިއާގެ ރައީސް އަލާރް ކާރިސްގެ ދައުވަތަކަށް ހަތަރު ދުވަހަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ފުރާވަޑައިގަންނަވާނީ މިމަހުގެ 13 ވަނަ ދުވަހު އެވެ. މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ރައީސް މުއިއްޒުގެ މިދަތުރުފުޅުގައި ދެ ގައުމުން އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި ގުޅިގެން ކުރިއަށް ދެވިދާނެ ފުރުސަތުތައް ބައްލަވާނެ ކަމުގައި ރައީސް އޮފީހުން މައުލޫމާތު ދެ އެވެ.

އެސްޓޯނިއާއަށް ރައީސް މުއިއްޒު ކުރައްވާ މިދަތުރުފުޅުގައި އެ ގައުމުގެ ރައީސްގެ އިތުރުން ގާނޫނު ހަދާ މަޖިލީހުގެ ރައީސްއާއި އެކި ދާއިރާތަކުގެ މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.