ދަ ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން ލަތީފް އިސްތިއުފާ ދެއްވައިފި އެވެ.
މަގާމުން އިސްތިއުފާ ދެއްވިކަން އަންގައި ހަސަން ލަތީފް ވަނީ ޕާޓީގެ ނައިބު ރައީސަށް އެޑްރެސްކޮށް ސިޓީއެއް ފޮނުއްވައިފަ އެވެ. މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
ޑިމޮކްރެޓްސްގެ ރައީސްގެ މަގާމުން ހަސަން އިސްތިއުފާ ދެއްވިއިރު، އޭނާ އިދިކޮޅު އެމްޑީޕީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފަ އެވެ.
ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް ރޭ ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އޭގެތެރޭގައި ހިމެނެނީ އެ ޕާޓީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު އާއި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލީ އާޒިމް އެވެ.