ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރަށް ފަހު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ސައުދީ އަރަބިއްޔާ އަށް ވަޑައިގެންފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ޝަހީމްގެ މި ދަތުރަކީ ސައުދީގެ ހައްޖު އެންޑް އުމްރާ މިނިސްޓަރު ޑރ. ތައުފީގު ރަބީއާގެ ދައުވަތަކަށް ކުރައްވާ ދަތުުރެއް ކަމަށެވެ.
މި ދަތުރުގައި ރާއްޖެ އާއި ސަޢުދީއާ ދެމެދު ކޮންމެ އަހަރަކުވެސް ޤާއިމު ކުރާ ޙައްޖު އެގްރީމެންޓްގައި ސޮއިކުރެއްވުމުގެ އިތުރުން ޙައްޖު މިނިސްޓަރު ޑރ ތައުފީޤު ރަބީޢާއާ ބައްދަލުކުރައްވާނެ އެވެ. މީގެ އިތުރުން 1446 ވަނަ އަހަރު ޙައްޖު މިނިސްޓްރީން ބާއްވާ ޙައްޖު މައުރަޒުގައި ވެސް މިނިސްޓަރު ޝަހީމް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
ޝަހީމް ޕާކިސްތާނަށް ކުރެއްވި ދަތުރަކީ މުސްލިމް ވޯލްޑް ލީގު (ރާބިތަތުލް އާލަމިލްއިސްލާމީ) ގެ ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރެކެވެ.