އެމެރިކާގެ ލޮސް އެންޖެލިސް ކޮންޓްރޯލެއް ނެތި އަނދަމުންދާ އިރު، މި ހާދިސާގައި މަރުވި މީހުންގެ އަދަދު 16 އަށް އަރައިފި އެވެ.
އެ އަދަދު އަދިވެސް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވާ އިރު، ލޮސް އެންޖެލިސްގެ ޖަންގަލިތަކުގައި ރޯވި އަލިފާން ކޮންޓްރޯލް ނުވެ، ބޮޑު ސަރަހައްދަކަށް ފެތިރު އާންމުންގެ ދިރިއުޅޭ އެތައް ގެއަކާއި އެ ނޫން އިމާރާތެއް އަނދައި އަޅިއަަށްވެފައިވެ އެވެ. އެގޮތުން އަނދައި ހުލިވި އިމާރާތްތަކުގެ އަދަަދު 10،000 އަށް ވުރެ ގިނަ އެވެ.
ގެތައް ގެއްލުނު މީހުންގެ ތެރޭގައި ހޮލީވުޑްގެ ބައެއް ފިލްމީ ތަރިންނާއި އެ ނޫން ވެސް އެތައް ސެލެބްރިޓީންނެއް ހިމެނެ އެވެ.
މި އަލިފާނުގެ ނުރައްކާ އެންމެ ބޮޑީ ޕެލިސޭޑްސްގަ އެވެ. އެހެންވެ ކަމާ ބެހޭ ފަރާތްތަކުން މިހާތަނަށް އެތައް ބަޔަކު އެ ސަރަހައްދުން ރައްކާތެރި ސަރަހައްދަކަށް ބަދަލުކޮށްފައި އިރު، ރައްކާތެރި ތަންތަނަށް ދިއުމަށް އަންނަނީ އިލްތިމާސް ވެސް ކުރަމުންނެވެ.
ލޮސް އެންޖެލިސް އަނދަމުންދާ އިރު އަލިފާން ނިއްވުމުގެ މަސައްކަތަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވަޔާ އެކީ އަލިފާން އިތުރަށް ފެތުރެމުން ދިއުމެވެ.
އެމެރިކާ އަލިފާނުގެ ބޮޑު ކާރިސާއެއްގެ ތެރެއަށް ވެއްޓި، އާންމުންގެ ފާޑުކިޔުންތައް ސަރުކާރަށް ވެސް މިހާރު ވަނީ ބޮޑަށް އަމާޒުވެގަ އެވެ. އެގޮތުބް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމު ހިންގަން، އެމެރިކާ އިން އެތައް ބިލިއަނަކުން އެހީވަމުންދާ އިރު، އަމިއްލަ ގައުމުގެ ރައްޔިތުން އަލިފާނުން ސަލާމަތްކޮށް ދޭން ނުކުޅެދީފައިވާ ކަމަށް އެތައް ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.