މިހާރު ޝޫޓިން ކުރިއަށްދާ އަކްޝޭ ކުމާރުގެ ހޮރޯ-ކޮމެޑީ "ބޫތު ބަނގްލާ" ގެ ކާސްޓާ ތައްބޫ ވެސް ގުޅިއްޖެ އެވެ.
ހުނަރުވެރި ބަތަލާ ވަނީ ފިލްމުގެ ސެޓުން ނަގާފައިވާ ފޮޓޯއެއް ވެސް އިންސްޓަގްރާމްގައި ހިއްސާކޮށްފަ އެވެ. ތައްބޫ ކުރިން ވެސް ހޮރޯ-ކޮމެޑީއެއްގައި މަސައްކަތްކުރި އެވެ. އެއީ 2022 ވަނަ އަހަރުގެ "ބޫލް ބުލައްޔާ 2" ގަ އެވެ.
ޕްރިޔާދަރުޝަން ޑައިރެކްޓްކުރާ "ބޫތު ބަނގްލާ" ގެ ނެޝަނަލް އެވޯޑް ވެސް ހޯދާފައިވާ ބަތަލާ ގުޅުނު އިރު، މި ފިލްމުގެ ބަތަލާ އަކީ ކަރީނާ ކަޕޫރް ކަމަށް ބުނެ އަަޑުތަކެއް އެރި އެވެ. ނަމަވެސް އެކްތާ ކަޕޫރް ޕްރޮޑިއުސްކުރާ ފިލްމުގައި އޭނައެއް ނުހިމެނެ އެވެ.
އަކްޝޭގެ ފިލްމެއްގައި ތައްބޫ ކުރިން ވެސް މަސައްކަތްކުރި އެވެ. އެއީ 2000 ވަނަ އަހަރުގެ ކޮމެޑީ "ހީރާ ޕޭރީ" ގަ އެވެ.
"ބޫތު ބަނގްލާ" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 2 ގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން މީގެ ކާސްޓްގައި ވަމީގާ ގައްބީ އާއި ޕަރޭޝް ރާވަލާއި އާސްރާނީގެ އިތުރުން ރާޖްޕަލް ޔާދަވް ވެސް ހިމެނެ އެވެ.