Last Updated: July 27, 11:37
Sunday, July 27, 2025
ޚަބަރު

ހަސަން ވެސް އަލުން އެމްޑީޕި އަށް

ދަ ޑިމޮކްރެޓްސްގެ ރައީސްކަމުން އިއްގޔެ އިސްތިއުފާ ދެއްވި ހަސަން ލަތީފު ވެސް އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި އެވެ.

އެ ޕާޓީން މިއަދު ބުނީ ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަނާއިކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު އަލުން ޕާޓީއާ ގުޅިވަޑައިގަތުމުން މަރުހަބާ ކިޔާ ކަމަށެވެ.

ޑިމޮކްރެޓްސް ދޫކުރައްވައި އަލުން އެމްޑީޕީއާ ގުޅިވަޑައިތް ބޭފުޅުންގެ ތެރޭގައި އަލީ އާޒިމާއި 2023 ގެ ރިޔާސީ އިމްތިހާބުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރި ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިންމޭޓެއްގެ ގޮތުގައި ނުކުންނެވި ހުސައިން އަމްރު ވެސް ހިމެނިވަޑަިގަނެ އެވެ.