Last Updated: July 16, 10:40
Thursday, July 16, 2026
މުނިފޫހިފިލުވުން

'ގަލީ ބޯއި 2'، ތަފާތު ކާސްޓެއް

ރަންވީރު ސިންގް އާއި އާލިއާ ބަޓް ކުޅުނު ޑައިރެކްޓަރު ޒޯޔާ އަޚްތަރުގެ "ގަލީ ބޯއި" ގެ ދެވަނަ ބައެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މީޑިއާތަކުން އާ ފިލްމުގެ ލީޑަށް ވިކީ ކޯޝަލާއި އަނަންޔާ ޕާންޑޭ ގެންނަން މިހާރު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ޒޯޔާ އާއި އެ ފިލްމު އުފެއްދި ޕްރޮޑަކްޝަން ހައުސް އެކްސަލް އެންޓަޓައިންމަންޓުން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފި އެވެ.

"ގަލީ ބޯއި" އަކީ އިންޑިއާ އިން އޮސްކާ އޯޑަށް ވެސް ފޮނުވި ފިލްމެވެ. ރަންވީރާއި އާލިއާގެ އިތުރުން އެ ފިލްމުގެ މުހިއްމު ރޯލެއް ސިދާންތު ޗަތުރަވެދީ ވެސް ކުޅުނެވެ. މި ފިލްމަކީ އިންޑިއާގެ މަގުމަތިން ރެޕާއިންތަކެއްގެ ވާހަކަ ކިޔައިދިން ވަރަށް ކާމިޔާބު ފިލްމެކެވެ.

ޒޯޔާގެ އެންމެ ފަހުގެ ފިލްމަކީ 2023 ގެ "ދި އާޗީސް" އެވެ.

"ގަލީ ބޯއި 2" އަށް ވިކީ އާއި އަނަންޔާ ނަގައިފި ނަމަ، އެ ފިލްމު ވާނީ ދެ ތަރިން އެކީގައި ކުޅޭ ފުރަތަމަ ފިލްމަށެވެ.