Last Updated: July 25, 18:05
Sunday, July 26, 2026
ޚަބަރު

ސިހުރުގެ ތުހުމަތުގައި ދެ ރަށުން 12 ގެއެއް ފާސްކޮށްފި

ރ. އަލިފުށި

ސިހުރު ހަދާކަމަށް ތުހުމަތު ކުރެވިގެން އިއްޔެ ރ. މީދު އާއި އަލިފުށީގައި ފެށި ފާސްކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ދެ ރަށުން 12 ގެ ބަލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އެ އޮޕަރޭޝަން ފުލުހުން ފެށީ އިއްޔެ ހަވީރު އެވެ. އެގޮތުން މީދޫން 7 ގެއަކާއި އަލިފުށިން 5 ގެ ފާސްކޮށްފައިވެ އެވެ. އެކަމަކު އެ ގެތަކުން މީހަކު ހައްޔަރުކުރި ކަމެއް އަދި ގެތަކުން އެއްވެސް އެއްޗެއް ގެންދިޔަ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މީގެ ކުރިން ވެސް އެކި ރަށްރަށުގައި ސިހުރު ހެދުމުގެ މައްސަލަތަކުގައި ގެތަކެއް ބަލައި ފާސްކޮށް ތަކެއްޗާއި މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮށްފައިވެ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި އައްޑޫ މަރަދޫފޭދޫ ގެއެއްގައި ސިހުރާ ކަމަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ ބަލައި ފާސްކޮށް ބައެއް ތަކެތި ފުލުހުން ގެންގޮސްފައިވެ އެވެ.