Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

ޕީއެންސީގެ އެސްޖީގެ މަގާމަށް މުއާޒް

ޕީއެންސީގެ ސެކްރެޓްރީ ޖެނަރަލްގެ މަގާމަށް ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުއާޒު ހަލީމް އައްޔަންކޮށްފި އެވެ.

މީގެ ކުރިން ޕީއެންސީގެ އެސްޖީގެ މަގާމުގައި ހުންނެވީ ޒީނާޒު އަދުނާނެވެ. އޭނާގެ މަގާމުގެ ދައުރު މިދިޔަ މަހުގެ 31 އަށް ވަނީ ހަމަވެފަ އެވެ.

މުއާޒު އެސްޖީގެ މަގާމަށް އައްޔަންކޮށްފައި މިވަނީ އޮޅުވާލައިގެން ޕީއެންސީ އަށް އެހެން ޕާޓީތަކުގެ މެމްބަރުންތަކެއް ވައްދާފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ) ވެސް ހިމެނެ އެވެ.

މި މައްސަލައާ ގުޅިގެން ޕީއެންސީން މިހާތަނަށް އެއްޗެއް ނުބުނެ އެވެ.