Last Updated: July 25, 18:05
Saturday, July 25, 2026
ޚަބަރު

މެންބަރު ޒިޔާދު އަލުން އެމްޑީޕީއަށް ވައްދައިފި

މެންބަރު ހުސައިން ޒިޔާދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓެ) އަށް ނޭނގި އޭނާ ވެރިކަން ކުރާ ޕީއެންސީއަށް ވެއްދި މައްސަލަ ހައްލުކޮށް، އޭނާ އަލުން އެމްޑީޕީއަށް ބަދަލުކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އީސީން ބުނީ ފިއްޓެ ޕީއެންސީއަށް ވެއްދި ފޯމަކީ ސައްހަ ނޫން ފޯމެއްކަން ކަށަވަރުވީ ހިސާބުން އޭނާ އަލުން އެމްޑީޕީއަށް ވައްދާފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް ފިއްޓެއަށް ނޭނގި އޭނާގެ ޕާޓީ ބަދަލުކުރި މައްސަލައެއް ފެންމަތިވި އެވެ. އެ ފަހަރު އޭނާގެ ނަން އޮތީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގަ އެވެ.

އޮޅުވާލައިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންތަކެއް ޕީއެންސީ އަށް ވައްދާފައިވާ މައްސަލައާ ގުޅިގެން އެ ޕާޓީން ދާދިފަހުން ވަނީ އީސީއާ ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.