Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ތިމާވެއްޓާ ގުޅޭ އެއްބަސްވުމެއް އެސްޓޯނިއާއާ އެކު

މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ދާއިރާއާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އިން އެސްޓޯނިއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެސްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު އެ ގައުމަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުގެ ތެރެއިންނެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައިގެ ދާއިރާއިން ދެ ޤައުމުގެ ދެމެދުގައި މަޢުލޫމާތު ބަދަލުކޮށް، އެހީދިނުމާ އެކު އެ ދާއިރާތަކުގެ ކުރިއެރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތްކުރެވޭނެ ކަމަށެވެ.
އަދި މި އެއްބަސްވުމުގެ މަގުސަދަކީ މޫސުމީ ބަދަލުތަކަށް ވިލުންތެރިވުމާއި ތިމާވެށްޓަށް ދިމާވާ މައްސަލަތައް ހައްލުކުރުމާއި އިޢާދަކުރަނިވި ހަކަތަ ގާއިމު ކުރުމަށް ކުރެވޭ މަސައްކަތްތައް ރާއްޖޭގައި ހަރުދަނާކުރުން ކަމަށް ބުންޏެވެ.

ރައީސްގެ އެސްޓޯނިއާ ދަތުރަކީ ރާއްޖޭގެ ރައީސަކު ގައުމަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.