Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

އައްޑޫ ޒީނަތްތެރި ކުރަން 200 ގާޑަން ލައިޓް ޖަހަނީ

އައްޑޫ ޒީނަތްތެރިކުރުމަށްޓަކައި 200 ގާޑަން ލައިޓް ބޭނުންވާތީ އެ ތަކެތި ސަޕްކޮށްލައިކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން ބީލަމަށް ހުޅުވާލައިފި އެވެ.

އެތަނުން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 30 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 20 އާ ހަމައަށެވެ.

ރަޖިސްޓްރީވާނީ ބީލަން ހުށަހަޅާ ފަރާތުގެ މައުލޫމާތު ވިޔަފާރީގެ ނަމާއި ފޯން ނަންބަރު އަދި މެއިލް އެޑްރެސް މި މެއިލް [email protected] އަށް ފޮނުވައިގެންނެވެ.

އައްޑޫ ޒީނަތްތެރި ކުރަން ގާޑަން ލައިޓްތަކެއް ޖަހަން ކައުންސިލުން ނިންމި އިރު، އައްޑޫގެ މަލަމަތި ޒީނަތްތެރި ކުރަން ދާދި ފަހުން އައްޑޫގެ އަވަށްތަކުގައި ކަދުރުރުއްތަކެއް ވެސް އިންދާފައިވެ އެވެ.