ސިމްޑީ ކުންފުނިން ހިންގަމުން އަންނަ އައިއެމްޑީސީ ހޮސްޕިޓަލަށް ބޭނުންވާ ދިވެހި މުވައްޒަފުން ހޯދުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި "އޯޕަންޑޭ"އަށް ބޮޑު ތަރްހީބެއް ލިބިފައިވާ ކަމަށް ސިމްޑީއިން ބުނެފިއެވެ.
ސިމްޑީ ގްރޫޕްގެ ހިއުމަން ރިސޯސް މެނޭޖަރ އަހްމަދު އިރާޝް ވިދާޅުވީ، ހުކުރު ދުވަހުގެ ހަރަކާތަށް ބޮޑު ތަރްހީބެއް ލިބިފައިވާ ކަމަށެވެ.
އައިއެމްޑީސީ ހޮސްޕިޓަލް ޖާގަ ބޮޑުކޮށް، ހިދްމަތް ފުޅާ ކުރުމަށް މިހާރު ފަށާފައިވާ "ބިޔަ" މަޝްރޫއުގެ ދަށުން، ދިވެހި ނަރުހުން ހޯދުމާއި ލެބޯޓްރީ ޓެކްނީޝަނުންނާއި، ފާމަސިސްޓުން އަދި ހޮސްޕިޓަލްގެ ޕަބްލިކް ރިލޭޝަން ދާއިރާއަށް މީހުން ހޯދުމަށް އިންޓަވިއުތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިރާޝް ވިދާޅުވީ، އައިއެމްޑީސީން އަބަދުވެސް ބަލަނީ ދިވެހި މުވައްޒަފުން ވަޒީފާތަކަށް ގެނައުމަށެވެ.