Last Updated: June 10, 14:00
Wednesday, June 10, 2026
ޚަބަރު

މިފްކޯ އަށް ލޯ ފާމެއް ހޯދަނީ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އަށް ގާނޫނީ މަސައްކަތްތަކެއްކޮށް ދޭނެ ލޯ ފާމެއް ހޯދަން ބީލަމަށް ހުޅުވާލައިފި އެވެ.

އެ ކުންފުނިން ބުނީ ޝައުގުވެރިވާ ކުންފުނިތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 20 ވަނަ ދުވަހުގެ މެންދުރު ފަހު 1:00 އާ ހަމައަށެވެ. ރަޖިސްޓްރީވާނީ މި މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބަލައި ގަންނާނީ މި މެއިލް [email protected] މެދުވެރިކޮށް 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:30 ގެ ކުރިންނެވެ. އަދި 2:35 ބައި ބީލަން ހުށަހެޅި ފަރާތްތަކާ އެކު ޓީމްސް މެދުވެރިކޮށް ބީލަންތައް ހުޅުވާނެ އެވެ.

މިކަމާ ބެހޭ އިތުރު މައުލޫމާތު މި ނަމްބަރު 7577799 އިން ހޯދޭނެ އެވެ.