ވިމެން އެންޑް ޑިމޮކްރަސީގެ ޔޫތު އެމްބެސެޑަރަކަށް ދަ ޑިމޮކްރެޓްސްގެ އަންހެނުންގެ ލީޑަރު ހަމްދާ މުހައްމަދު ހަމަޖައްސައިފި އެވެ.
އެ ޖަމިއްޔާ އިން ބުނީ ހަމްދާ އަކީ އެ ޖަމިއްޔާގެ ފުރަތަމަ ޔޫތު އެމްބެސެޑަރު ކަމަށެވެ.
ޖަމިއްޔާ އިން އަލަޑށް ފެށި ޔޫތު އެމްބެސެޑާ ޕްރޮގްރާމަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ޒުވާން އެކްޓިވިސްޓުންނާއި ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ގުޅުން ބަދަހިކޮށް ދިނުމެވެ.
ވިމެން އެންޑް ޑިމޮކްރަސީން ބުނީ ޔޫތު އެމްބެސެޑަރުގެ މަގާމާ އެކު ހަމްދާ އަންހެނުންގެ ޕިއާ ގްރޫޕް ނެޓްވޯކް އުފެއްދުމުގައި ހަމްދާ މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. ވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ.
ހަމްދާ އަކީ ޑިމޮކްރެޓްސްގެ ޕޯޑިއަމުން އާންމުންގެ ސަމާލުކަން ހޯދި ޒުވާނެކެވެ.