ރާއްޖޭގައި ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް ބްލޮކް ނުކުރާނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީލާ ވަލީދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ޓިކްޓޮކާއި އެކްސް މަނާކުރުމުގެ އަޑުތަކެއް އަރާފައިވާތީ އެކަން ދޮގު ކުރައްވައި އޭނަ މިއަދު ވިދާޅުވީ ސޯޝަލް މީޑިއާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކް ކުރުމަށް ސަރުކާރުން ވިސްނަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
"ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައި ނުވޭ. އަދި އެފަދަ ފިޔަވަޅެއް އެޅުމަށް ސަރުކާރުން މަޝްވަރާކޮށްފައިވެސް ނުވޭ." ހީނާ ވިދާޅުވި އެވެ.
ސޯޝަލް މީޑިޔާގެ ބައެއް ޕްލެޓުފޯމުތައް ބްލޮކުކުރުމަށް ސަރުކާރުން ވިސްނަމުންދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ދަންނަވަމެވެ. ސޯޝަލް މީޑިޔާގެ އެއްވެސް ޕްލެޓުފޯމެއް ބްލޮކުކުރުމަށް ސަރުކާރުން ނިންމާފައިނުވެއެވެ. އަދި އެފަދަ ފިޔަވަޅެއް…
— Heena Waleed (@MvSpokesperson) January 15, 2025
އޭނަ ވިދާޅުވީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވިސްނުންފުޅަކީ ޤާނޫނުއަސާސީން ރައްޔިތުންނަށް ލިބި ދީފައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަން، ޤާނޫނުއަސާސީގެ އިންތަކާއި ޙުދޫދުގެ ތެރޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރިއަރުވައި ފޯރުކޮށް ދޮނުން ކަމަށެވެ.
ސޯޝަލް މީޑިއާގެ އެއްވެސް ޕްލެޓްފޯމެއް މަނާ ނުކުރާނެ ކަމަށް ދާދި ފަހުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވެސް ވިދާޅުވެފައިވެ އެވެ.